ޝަމާލް ލަވަ ވިދާޅުވުން ގޯވުން: މީހުންނަށް އަލަށް ފެނުނަސް، ސިފައިން ލަވަކިޔުން އާންމު ކަމެއް!

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ޖެނެރަލުންނާއިއެކު ކަރޯކޭ ޖައްސަވަން ހުންނެވި ވީޑިއޯއެއް އާއްމުވެއްޖެއެވެ. މި ވީޑިއޯ އާންމު ވުމާއެކު ބައެއް މީހުން ދަނީ ކޯވިޑް-19 އަށް ރ...

28 May 2021 | 09:25

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ޖެނެރަލުންނާއިއެކު ކަރޯކޭ ޖައްސަވަން ހުންނެވި ވީޑިއޯއެއް އާއްމުވެއްޖެއެވެ.

މި ވީޑިއޯ އާންމު ވުމާއެކު ބައެއް މީހުން ދަނީ ކޯވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ގައުމުގެ ހާލަތު ގޯސްވެފައި ވަނިކޮށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ޖެނެރަލުންނާއިއެކު ކަރޯކޭ ޖެއްސެވުން ބަލައި ނުގަނަެވޭނެ ކަމަށް ބުނެ ވަރަށް ބޮޑަށް އެ ބޭފުޅުންނަށް ފާޑުކިޔަމުންނެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ޖެނެރަލް ޝަމާލް އާއި ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ކަރޯކޭ އަށް ލަވަ ވިދާޅުވާ މަންޒަރެވެ. ވީޑިއޯ އިން ފެންނަނީ ޗީފް ޝަމާލް އާއި މެރިންކޯގެ ކޮމަޑާންޓް ވައިސް ވަހީދު އެކަނި ނަމަވެސް އެތަނުގައި އިތުރު ސިފައިން ތިބި ކަން ވީޑިއޯ އިން އިވޭ އަޑުތަކުން ހާމަވެއެވެ. ލަވަ ވިދާޅުވުން ކުރިއަށް ގެންގޮސްފައި ވަނީ ވެސް ސިފައިންގެ މަރުކަޒެއްގައެވެ.

https://www.facebook.com/100003467211663/videos/3778843535574516/

މި ކަމަކީ ބައެއް އާންމުންނަށް އާ ކަމެއްގެ ގޮތުގައި ސިފަވި ނަމަވެސް. އެމްއެންޑިއެފްގެ އޮފިސަރަކު ވިދާޅުވި ގޮތުގައި ޑިއުޓީ ބްރޭކް ވަގުތުތަކުގައި މި ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަކީ ސިފައިން އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. އަދި މިއީ ސިފައިންގެ ބޭކަލުންތަކެއް ކަރޯކޭ ޖެއްސެވި ފުރަތަމަ ފަހަރު ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ވީޑިއޯއަށް ފާޑިކިޔުންތަށް އަމާޒުވި ނަމަވެސް ގިނަ ބައެއްގެ ޚިޔާލު ހުޜީ ފައްސިކޮށެވެ. ގިނަ ބަޔަކު ވަނީ މިކަމަށް ތަޢުރީފު ވެސް ކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެލެކްސް އަހްމަދު އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ސިފައިން ލަވަ ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އާއްމުވެފައިވާ ވީޑިއޯ އާއި ގުޅިގެން އެމްއެންޑީއެފް އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ނުވަ ވަނަ އަހަރު އޭރުގެ ނެޝަނަލް ސެކުއިރިޓީ ސާވިސަސް (އެންއެސްއެސް)ގެ ތެރޭގައި އޮންނަ މިއުޒިކް ބޭންޑްގެ ތެރެއިން އުފެދިގެން އައި މަޝްހޫރު "ކޮޕްސް" ބޭންޑްގައިވެސް އިސްކޮށް އުޅުއްވި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ފާހަގަކުރެވެނީ ވަރަސް މިއުޒިކީ ބޭފުޅެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް