ޑީއެޗް11 ގައި ކޯވިޑަށް ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ، މިއަދުގެ ތިން ވަނަ މަރު

ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 69 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ ހެނދުނު 10:53 ގައި އެވެ. މަރުވި އިރު އެމީހާއަށް ފ...

28 May 2021 | 08:03

ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 69 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ ހެނދުނު 10:53 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލް ގެ އައިސީޔޫ (ޑީއެޗް11) ގައި އެވެ.

މިއީ މިއަދު ކޯވިޑްގައި މަރުވި ތިން ވަަނަ މީހާ އެވެ. މިއަދު ކުރިން މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 54 އަހަރުގެ މީހަކާއި 47 އަހަރުގެ މީހެކެވެ.

މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 154 ވަނަ މިހާ އެވެ.

މިހާތަނަސް ރާއްޖެއިން ކޯވިޑް-19 އަށް 60،943 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 25،419 މީހުންނަކީ މިވަގުތު ކޯވިޑަށް ފަރުވާ ދެމުންދާ މީހުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 35،365 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް