ކިންގް ސަލްމާން މިސްކިތުގެ ނަމާދުކުރާ ފަންގިފިލާތައް ވަގުތީ ގޮތުން ހުޅުވައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން މާލޭގެ މޭޔަރު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއެކު މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ބުރާސްފަތިދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތަފްސީލް ހިއްސާ ކުރައްވަމުން މޭޔަރ ވިދާޅުވީ، ކިންގް ސާލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވުނު ނަމަވެސް ވަގުތީ ގޮތުން ނަމާދުުކުރާ ފަންގިިިފިލާތައް ހުޅުވައިދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސައުދީ އެމްބަސީއާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް މުއިއްޒު ހާމަކުރެއްވިއެވެ.
ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ތާރީޚުތަކެއް ކަނޑައެޅުނު ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން ސައުދީ ވަފްދަށް ނާދެވުމުގެ ސަބަބުން އެކަން ވަނީ ކެންސަލް ކުރައްވާފައެވެ.
މީގެ އިތުރުން މަޝްވަރާކުރެވުނު ބައެއް އެހެން ކަންކަމުގެ ތެރޭގައި ވިލިމާލޭގައި ގެދޮރު އިމާރާތް ކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކޮށް ވިލިމާލެ ރައްޔިތުންނަށް ގެދޮރު އިމާރާތް ކުރުމަށް ބޭންކްތަކުން ލޯނު ހޯދުމުގައި ލުއިފަސޭހަތަކެއް ހޯދައި ދިނުން ހިމެނެއެވެ. ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާއި ބަޖެޓު ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށްވެސް މަޝްވަރާ ކުރެވުނެވެ. އެކަމުގައި ރައީސްގެ ވިސްނުންފުޅުވެސް އެއްގޮތް ކަަމަށާއި، އެކަން ވަރަށް އަވަހަށް ވެގެންދާނެކަމުގެ ފެހި ސިގްނަލް ރައީސް ދެއްވި ކަަމަށް މޭޔަރ ވިދާޅުވެއެވެ..
މޭޔަރ ވިދާޅުވީ، ރައީސާއެކު ކުރެވުނު މަޝްވަރާތަކަކީ ވަރަށް އުންމީދީ މަޝްވަރާތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް