އަވަށްޓެރި ގައުމުތަކުގެ ކޮންސިއުލޭޓްތައް އައްޑޫ ސިޓީގައި ހުރުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން އެކަށީގެންވާ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
އުގެއިލް މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާ ސަރުކަރުން އައްޑޫގައި އެގައުމުގެ ކޮންސިއުލޭޓެއް ގާއިމު ކުރަން ނިންމާފައިވާކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ފާސްކުރީ އަދި ހަމައެކަނި އިންޑިއާ ސަރުކާރުގެ ކެބިނެޓުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވީ އެކަމާ މެދު ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
އެކަމާއި ގުޅިގެން އުގެއިލް ވިދާޅުވީ، އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއް ތޯ އެނގެން ޖެހޭ ކަމަށެވެ. އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭ ވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަން ޖެހޭ ކަމަށް އުގެއިލް ވިދާޅުވިއެވެ.
މީގެ އިތުރުން ކަންތައްތައް ކުރުމުގައި އިސްފަސް ވުމުގެ ޖާގަ އެބަ އޮތް ކަމަށްވެސް އުގައިލް ވިދާޅުވިއެވެ.
"އަދި މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވޭ". އުގެއިލް ވިދާޅުވިއެވެ.
ހަސަން އުގައިލްއަކީ އައްޑޫ ސީޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް