ކޯވިޑް ޖެހިގެން ހުޅުމާލޭ ފެސިލިޓީން އިތުރު ދެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން އުމުރުން 47 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ފެސިލިޓީގައެވެ. މިއީ މިއަދު ކޯވިޑް ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ. މިއަދު ވަނީ 54 އަހަރުގެ މ...

28 May 2021 | 07:24

ކޯވިޑް-19 ޖެހިގެން އުމުރުން 47 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ފެސިލިޓީގައެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ. މިއަދު ވަނީ 54 އަހަރުގެ މީހަކު ވެސް މި ބަލި ޖެހިގެން ނިޔާވެފައެވެ.

47 އަހަރުގެ މީހާ ނިޔާވެފައި ވަނީ ފަތިހު 05:55 ގައެވެ. 54 އަހަރުގެ މީހާ ނިޔާވެފައި ވަނީ ފަތިހު 02:15 ގައެވެ.

މިއާއެކު ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 153 އަށް އަރާފައެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް މެދުއުމުރުގެ މީހުން ނިޔާވާ މިންވަރު މިހާރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް