ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ނިޒާމުން ގެއްލުވާލައިފި !

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެ ޝަރީއަތުން ހުކުމެއް އިއްވާފައިވާ މީހުންގެ މަޢުލޫމާތު ހިމަހާފައިވާ ވެބް ބޭސްޑް ޑާޓާ ބޭސް، އޮފެންޑާސްއެމްވީން އެތައް މައުލޫމާތެއް މަދުކޮށް ޑާޓާބޭސް ފަން...

28 May 2021 | 02:10

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެ ޝަރީއަތުން ހުކުމެއް އިއްވާފައިވާ މީހުންގެ މަޢުލޫމާތު ހިމަހާފައިވާ ވެބް ބޭސްޑް ޑާޓާ ބޭސް، އޮފެންޑާސްއެމްވީން އެތައް މައުލޫމާތެއް މަދުކޮށް ޑާޓާބޭސް ފަންކްޝަން ނުކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.

މިއީ 2015 ވަނަ އަހަރުން ފެށިގެން ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ވެބްސައިޓެކެވެ. https://offenders.mv މި ވެބްސައިޓްގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށް، ކުށް ސާބިތުވެފައިވާ މީހުންގެ ވަނަވަރު ހާމަކޮށްފައި ހުރެއެވެ. މިޑޭޓާބޭސްއަކީ ޤާނޫނު ނަމްބަރު 12/2009 “ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު” ގެ 57 ވަނަ މާއްދާ ގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ޤާއިމްކޮށްފައިވާ ޑޭޓާބޭސްއެކެވެ. ދާދި ފަހަކާ ޖެހެންދެން މި ޑާޓާބޭސް ބަރާބަރަށް މަސައްކަތްކުރިއެވެ.

ނަމަވެސް މިހާރު މި ވެބްސައިޓްގެ ޑީފޯލްޓް އެޑްރެސްކަމުގައިވާ https://offenders.mv އިން އޮފެންޑާސް ޓެބަށް ދާއިރު އެ ފަރާތްތަކުގެ ފޮޓޯތައް ފެންނާކަށް ނުހުރެއެވެ. މުޅި ޕްރޮފައިލް ފެންނާނެހެން އިންނަ ލިންކުން އަންނަނީ އެރާރ މެސެޖެކެވެ.

ދިވެހި ވާސަންވެސް ހަމަ އެފަދައެވެ.

މިކަން ދުވަސް ނޫހުން ވާނީ މި އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ. ސަމާލުކަމަށް ގެނައުމުން މިކަން ހައްލު ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމުގައި އޭރު ޖެންޑާ މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެ ތާރީހަށް މިއަދަށް ދެ މަހަށްވުރެ ގިނަ ދުވަސް ވީއިރުވެސް މައްސަލަ ހައްލުކޮށްފައެއް ނުވެއެވެ.

މައްސަލަ ހައްލު ނުވެ މިހާ ގިނަ ދުވަސްވެ، އޮފެންޑާސް ޑާޓާބޭސް އާންމުކޮށް ފެންނަން ނެތުން މިއީ ނުބައި ނިޔަތެއް އަޑީގައި އޮވެ ގަސްތުގައި ބަޔަކު ކުރާކަމެއް ކަމުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް