މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރަކު ފަހަތުގައި ޣައްދާރުވި ބަޔަކު ތިބިކަން ތާރީހު ހެކިދޭ: އަލީ ރަމީޒް

ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރަކުހެން އެކަމުގެ ފަހަތުގައި ޤައުމަށް ޣައްދާރުވި ބަޔަކު ތިބިކަން ތާރީޚު ހެކިދޭކަމުގައި އަލީ ރަމީޒް ވިދާޅުވެއްޖެއެވެ. ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މ...

28 May 2021 | 00:00

ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރަކުހެން އެކަމުގެ ފަހަތުގައި ޤައުމަށް ޣައްދާރުވި ބަޔަކު ތިބިކަން ތާރީޚު ހެކިދޭކަމުގައި އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު އެކަން ދޫކޮށް އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތްކުރައްވަމުން އަންނަ އަލީ މިހެން ވިދާޅުވެފައިވަނީ ރޭގައި ކުރެއްވި ޓްވީޓެއްގައެވެ.

މިފަދަ މައުޟޫތަކުގައި އަލީ ޓްވީޓްކޮށް ބަސްބުނެ ހަދާތަން ފެންނަނީ ވަރަށްވެސް މަދުންނެވެ. ނަމަވެސް އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަން ނިންމާފައިވާ މައްސަލައިގާ އަލީގެ ހިތްހަމަނުޖެހުން ހުރިކަން ޓްވިޓާ ފީޑަށް ބަލައިލުމުން އެނގިގެންދެއެވެ.

އެގޮތުން މީގެ ދެދުވަސްކުރިން އަލީ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ވެރިޔެއްގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާކަމުގައިވީހިނދި، ރައްޔިތުންގެ ފުރާނައަށްވރެ އިސްކަން ދޭންޖެހޭ ޚާރިޖީ ގުޅުމެއް އޮވެގެން ނުވާނެކަމުގައި އަލީ ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ކަންބޮޑުވުންތަކެއްހުރިކަން އަލީ ފާހަގަކުރައްވަމުން ގެންދަވާއިރު އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމުގެ މައުޟޫއަކީ މިހާރު އެންމެ ހޫނު ބަހުސެއް ހިނގަމުން އަންނަ މަޢުޟޫއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް