2012 ގެ ބަޣާވަތައްފަހު އެންމެ ބޮޑުކަމަކަށް ވީ ނަޝީދަށް ދިން ހަމަލާ: އިންތި

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންގެ އެންމެ ބޮޑުކަމެއްގެ ގޮތަށް އަބަދުވެސް ފާހަގަ ކުރަނީ، 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކކާރު ބަޣާވަތަކުން ވައްޓާލުމުގެ ހާދިސާއަށްފަހު، މޭ މަހުގެ ހަވަ...

27 May 2021 | 19:11

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންގެ އެންމެ ބޮޑުކަމެއްގެ ގޮތަށް އަބަދުވެސް ފާހަގަ ކުރަނީ، 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކކާރު ބަޣާވަތަކުން ވައްޓާލުމުގެ ހާދިސާއަށްފަހު، މޭ މަހުގެ ހަވަނަ ދުވަހު، ރައީސް ނަޝީދު އަހަވާރަކޮށްލުމަށް ދީފައިވާ ޓެރިރިސްޓް ހަމަލާކަކަށް އެމްޑީޕީގެ ސްޕޯކްސް ޕަރސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީއިން މިރޭ ބޭއްވި ނޫސްވެރިންގެެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާއަކީ އެމަޖެންސީ ހާލަތެއްކަމަށް އެމްޑީޕީއިން ދެކޭކަމަށެވެ.

އެހެންކަމުން އެމްޑީޕީގެ މެމްބަރުންނާއި އަދި އެނޫންވެސް ފަރާތްތަކުން މީސްމީޑިޔާގެ އެކި މަންސަ ތަކުގައި އެކަމުގެ ޝުޢޫރު ފާޅުކުރަމުން ދާ ކަަމަށް އިންތި ފާހަގަކުރެއްވިއެވެ.

އިންތިގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ރައީސް ނަޝީދަށް ދިން ހަމަލާ ވަރަށް ގިނަ ދިވެހިން ކުއްވެރިކުރާ ކަމަށާއި ވަރަށް ގިނަ މީހުންގެ ހެޔޮ ދުޢާ ރައީސް ނަޝީދާއެކު ވާކަމުގައި ފާހަގަކުރެވޭކަމަށެވެ.

އެކަމަށްޓަކައި އިންތި ވަނީ އެމްޑީޕީގެ މެމްބަރުންނަށާއި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

" ރައީސް މުހަންމަދު ނަޝީދު ވަރަށް ހިތްވަރުފުޅު ގަދަ، މިހާރުވެސް ފަރުވާ ހޯއްދަވަމުން ދާއިރުގަ، ތިބޭފުޅުންނާ އެކި ގޮތްގޮތުން މުޚާތަބު ކުރެއްވުމުގައި ނުވަތަ ޓުވީޓް މެދުވެރިކުރައްވައިގެން މެސެޖްތައް ދެއްވަމުން އެބަ ގެންދަވާ. އެމަނިކުފާނު ވޭނެއް ތަހައްމަލް ނުކުރައްވަނީކީއެއްނޫން. އެމަނިކުފާނަށް އަނިޔާތަކެއް ލިބިވަޑައިގެންފަ ނެތީކީއެއް ނޫން. ޒަޚަމްތަކެއް ވެ ވަޑައިގެންފަ ނެތީކީއެް ނޫން. ފުން ޒަޚަމްތަކެއް ލިބިވަޑައިގެންފަވޭ، ވަރަށް ބޮޑު ވޭނެއްގައި އޮންނެވީ" އިންތި ވިދާޅުވީ އެ ހާލުކޮޅުގައިވެސް ރައްޔިތުންނާ އެކި ގޮތްތޮތުން އެކި ބަސްފުޅުތައް ވިދާޅުވެވޭތޯ މަސައްކަތްޕުޅު އެ ކުރައްވަނީ އެމަނިކުފާނުގެ ހިތްވަރުފުޅު ގަދަކަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް