މާމިގިލީގައި ހަށި ވިއްކަން ތިބި ބަޔަކު ހައްޔަރުކޮށްފި

އދ. މާމިގިލީގައި ހަށިވިއްކަން ތިބި ހަތް މީހަކު ރޭ ހައްޔަރު ކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރޭ އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝް ފިރިހެނަކާއި ދިވެހި ...

28 May 2018 | 16:14

އދ. މާމިގިލީގައި ހަށިވިއްކަން ތިބި ހަތް މީހަކު ރޭ ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރޭ އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝް ފިރިހެނަކާއި ދިވެހި ހަތަރު ފިރިހެނުންނާއި ދިވެހި ދެ އަންހެނުންނެވެ.

މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ދިވެހި ފިރިހެނުންގެ އުމުރަކީ 26 އަހަރާއި 27 އަހަރާއި 32 އަހަރާއި 30 އަހަރެވެ. އަދި ދެ އަންހެނުންގެ އުމުރަކީ 22 އަހަރާއި 21 އަހަރެވެ. ބަނގްލަދޭޝް ފިރިހެން މީހާގެ އުމުރަކީ 32 އަހަރެވެ.

މީގެ ތެރެއިން 21 އަހަރުގެ އަންހެން މީހާ އާއި 30 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް މާމިގިލީ ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފަ އެވެ. ދެން ތިބި މީހުންގެ ބަންދަށް ކޯޓުން އިތުރު ކޮށްދިނީ 10 ދުވަހެވެ. މިއީ ކޮން ރަށެއްގެ ބައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް