ފެނަކައިގެ ހުރިހާ ބަރާންޗެއް ގުޅާލުމަށް އުރީދޫއަށް!

ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގާ ބްރާންޗުތައް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫ އާއި ހަވާލުކޮށްފި އެވެ. މިކަމަށްޓަކައި ވަނީ އެއްބަސްވުމެ...

28 May 2018 | 06:15

ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގާ ބްރާންޗުތައް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫ އާއި ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައި އެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ނަޖީބު ހާނެވެ. ފެނަކައިން ސޮއިކުރެއްވީ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނެވެ.

މި ޕްރޮޖެކްޓު ކުރިޔަށް ގެންދަނީ ދެ ފިޔަަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި  ހިމެނެނީ އޮފީސްތައް އެއް ނެޓްވޯކަކުން ގުޅާލުމާއި އިންޓަނެޓްގެ ހިދުމަތް ދިނުމެވެ. އަދި ދެވަނަ ފިޔަވަހީގައި ހިމެނެނީ ފޯނާއި ސީސީޓިވީ ކެމެރާ ހަރުކުރުމެވެ.

މި ޕްރޮޖެކްޓުގެ ދަށުން ފެނަކައިގެ ބްރާންޗު ހުންނަ 152 ރަށެއް އެއް ވިއުގައަކުން ގުޅާލުމަށް 170 ކަނެކްޝަން އަޅާނެ އެވެ. އުރީދޫއިން ހިންގާ މިފަދަ ފުރަތަމަ ޕްރޮޖެކްޓުގެ ދަށުން އެ ކުންފުނިން ފެނަކައިގެ ބްރާންޗުތައް ގުޅާލައި ހިދުމަތްދޭން ބޭނުން ކުރާނީ އުރީދޫގެ 4ޖީ ނެޓްވޯކެވެ.

އުރީދޫއިން ބުނީ މި މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް