ސްރީލާންކާގެ މަޝްހޫރު ޓިނު ބްރޭންޑެއްކަމަށް ވާ އައި-ރޫފް ރާއްޖެއަށް ތާޢާރަފްކޮށްފިއެވެ.
މެއި މަހުގެ 19 ވަނަ ދުވަހު އައިޑިއާ ޓްރޭޑް އިން ރާއްޖެއަށް ތައާރަފްކުރި މި ޓިނަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ތައްޔާރުކޮށްފައިވާ ޓިނެކެވެ. އެހެން ޓިނުތަކާއި ޚިލާފަށް މި ޓިނު އުފައްދާފައިވަނީ ޕަލާސްޓިކް ޕޮލިމާގެ ބާވަތެއް ކަމަށްވާ ޕޮލިވިނީލް ނުވަތަ ޕީވީސީއިންނެވެ. މިއި އެސްލޯން ހޮޅި ފަދަ ތަކެތި އުފެއްދުމަށްވެސް ބޭނުންކުރާ ޕްލާސްޓިކެވެ.
މި ޓިނުގެ ޙާއްސަ ކަންތައްތަކަށް ބާލާއިރު މިއީ "ފަޔަރ ރެޓަރޑަންޓް" ނުވަތަ ޓިނުގައި އަލިފާން ހިފައިފިނަމަ ހުޅުގަނޑު އިތުރަށް ފެތުރުން މަޑުކޮށް އަވަހަށް ނިއްވާލެވޭ ގޮތަށް އުފައްދާފައިވާ ޓިނެކެވެ. ޓިނުގެ ތުނި މިނަށް ބަލާއިރު މިއި މާކެޓްގެ ހުރި މި ވައްތަރުގެ އެހެން ޓިނުތަކާއި އަޅާބަލާއިރު ތުނި ޓިނެކެވެ. އެގޮތުން ޓިނުގަނޑެއްގެ ބޯ މިނުގައި ހުންނަނީ 2.2 އަދި 2.8 މިލިމީޓަރެވެ.
ޓިނުގެ އެހެން ޚާއްސަކަމަކަށް ބަލާއިރު މި ޓިނުގެ ސަބަބުން އަވިދޭ އިރު އިމާރާތުގެ އެތެރެއަށް ވަންނަ ހޫނު ކޮންޓްރޯލްކުރެއެވެ. އަދި މި ޓިނަކީ ހުރިހާ މޫސުމަކަށްވެސް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޓިނެކެވެ. އަދި އަވީގެ ސަބަބުން ޓިނުގެ ކުލައަށް ބަދަލުނުވެ ގިނަ ދުވަހު ދެމިހުރެއެވެ.
އަވަށްޓެރި ސްރީލަންކާގެ ސައްތައިން ސައްތަ އުފެއްދުމެއް ކަމަށްވާ އައި-ރޫފަށް ވަނީ އެގައުމުގެ ބައެއް އެވޯޑްތައްވެސް ލިބިފައެވެ. އެގޮތުން 2017 ވަނަ އަހަރު ބޭއްވުނު ކެޑެއްލާ ލިވިންގް އިން ސްޓައިލް އެކްޒެބިޝަންގެ އެންމެ މޮޅު އުފެއްދުމުގެ އެވޯޑް ވަނީ އައި-ރޫފްގެ އުފެއްދުންތަކަށް ލިބިފައެވެ. އަދި މި އަހަރު ލަންކާގައި ބޭއްވި އާކިޓެކްޓް އެކްޒެބިޝަންގައިވެސް ވެސް އައި-ރޫފްއަށް ވަނީ ޕްރޮޓަކްޓް އެވޯޑް ލިބިފައެވެ.
އައި-ރޫފްގެ އުފެއްދުންތައް ހުންނަ އައިޑިއާ ޓެރޭޑް ޝޯރޫމް ހުންނަނީ ފަނޑިޔާރު މަގު، ޖުމްހުރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒު ކައިރީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް