މިއަދުވެސް އުތުރާއި ދެކުނަށް މޫސުން ގޯސް!

ހުޅަނގު މޫސުމުގެ ވިއްސާރައިގަ މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގ...

28 May 2018 | 04:58

ހުޅަނގު މޫސުމުގެ ވިއްސާރައިގަ މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދަށް މެންދުރު ފަހު 3:30 ގެ ނިޔަލަށް ވައިޓް އެލާޓު ނެރެފަ އެވެ.

އާންމުގޮތެއްގައި 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރު މިނުގައި އެ ސަރަހައްދުތަކަށް ވައި ޖެހުނަސް ވިލާގަނޑުގައި 45 މޭލަށް ވައިގަދާވާނެ ކަމަށް ލަފާ ކުރެ އެވެ. އަދި އެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ އެވެ.

ރޭވެސް މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ޔެލޯ އެލާޓު ނެރެފައި އެވެ.

މޫސުން އަދިވެސް ގޯވަމުން ދާތީ ކަނޑު ދަތުރު ކުރުމުގަ އާއި އާންމު ދިރިއުޅުމުގައި މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް