ކަނބަލުންނަށް ހާއްސަ، "ހޮޓް އައިސް ސްޕޯޓް ފޯރ ވިމަން" ބާޒާރަށް

ތަފާތު އެކި ކުޅިވަރުތައް ކުޅުމާއި ދުވަން ދިއުމާއި ޖިމަށް ދިއުމާއި އަވަދިނެތި އެކި ކަންކަމުގައި މަސްއޫލުވެ އުޅުމަކީ އެކަންކަމުގެ ސަބަބުން މީހާ ވަރުބަލިވެ ގިނަ ފަހަރަށް ގައިން ނުބައިވަސް ދުވަން މެދުވެރި...

28 May 2018 | 04:44

ތަފާތު އެކި ކުޅިވަރުތައް ކުޅުމާއި ދުވަން ދިއުމާއި ޖިމަށް ދިއުމާއި އަވަދިނެތި އެކި ކަންކަމުގައި މަސްއޫލުވެ އުޅުމަކީ އެކަންކަމުގެ ސަބަބުން މީހާ ވަރުބަލިވެ ގިނަ ފަހަރަށް ގައިން ނުބައިވަސް ދުވަން މެދުވެރިވާ ކަންކަމެވެ. އަދި ގިނަ ފަހަރަށް މިފަދަ ހާލަތްތަކުގައި ކޮންމެ ކޮންމެ ބޮޑީ ސްޕްރޭއެއް "ވޯކެއް" ނުކުރެ އެވެ. ސަބަބަކަށްވަނީ އެފަދަ ބޮޑީ ސްޕްރޭތަކަކައީ އެފަދަ ހާލަތުތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ބޮޑީ ސްޕްރޭއަށް ނުވުމެވެ.

ނަމަވެސް ސެންޓް އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމުގައިވާ އައިއެފްއައި އިން އުފައްދާފައިވާ ހޮޓް އައިސް ސްޕޯޓް އަކީ އެފަދަ ހާލަތުތަކަކަށާއި ކުޅިވަރު ކުޅޭ، އަދި ހަލަބޮލި މާހައުލުތަކުގައި ވަގުތުތައް ހޭދަކުރައްވާ ފަރާތްތަކަށް ހާއްސަ އަދި ތަފާތު ބޮޑީ ސްޕްރޭ އެކެވެ.

ހޮޓް އައިސް މި ބްރޭންޑަކީވެސް ދިވެހީންގެ މެދުގައި އެހާމެ މަގްބޫލު ބްރޭންޑަކަށް ވެފައިވާއިރު މި ބްރޭންޑްގެ ސްޕޯޓް ބޮޑީ ސްޕްރޭގެ އަންހެނުންނަށް ހާއްސަ "ހޮޓް އައިސް ސްޕޯޓް ފޮރ ވިމަން" މިހާރު ރާއްޖެއަށް މިވަނީ ތައާރަފް ކޮށްފަ އެވެ. ޕޮއިޒްއިން ރާއްޖޭގެ މާކެޓަށް އަލަށް ތައާރަފްކުރި މި ބޮޑީ ސްޕްރޭއާއި ބެހޭގޮތުން ޕޮއިޒްގެ ސީނިއާ މާކެޓިން މެނޭޖަރ އަބްދުﷲ ހުޝާމް ވިދާޅުވީ ހޮޓް އައިސް ސްޕޯޓް ބޮޑީ ސްޕްރޭއަކީ ކުޅިވަރުގެ މާހައުލުތަކަށް ހާއްސަ، "ފްރެގްނެންސް ހައި" ކުޅިވަރާއި ގުޅޭ ޝިއާރުތައް ބޭނުންކޮށްފައިވާ އަދި ހުރިހާ އުމުރަކަށްވެސް އެކަށޭނެ ބޮޑީ ސްޕްރޭއެއް ކަމަށެވެ.

"މިސާލަކަށް ދަންނަވަނީނަމަ ތަފާތު އެކި ކުޅިވަރުތައް ކުޅުއްވާ ފަރާތްތައް، ޖިމަށް ދާ ފަރާތްތަކާއި ދުވަން އަދި ހިނގަންދާ ފަރާތައް،އޮފީސް މާހައުލުގައި ބުރަކޮށް އުޅޭ ފަރާތްތައް އަދި ސްކޫލްތަކުގެ އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނަށްވެސް މި ބޮޑީ ސްޕްރޭއަކީ އެންމެ އެކަށޭނެ ބޮޑީ ސްޕްރޭއެއް" ޕޮއިޒް އިން ހާމަކުރެ އެވެ.

ޕޮއިޒްއިން މައުލޫމާތުދޭގޮތުގައި މި ބޮޑީ ސްޕްރޭގެ ނުވަ ފްލޭވާއެއް ހިމެނޭ ކަމަށާއި ބާޒާރުގައި އެހެނިހެން ބޮޑީ ސްޕްރޭވެސް ލިބޭ ހެޔޮ އަގުގައި މި ތަފާތު ބޮޑީ ސްޕްރޭވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކުންވެސް މިހާރު މި ބޮޑީ ސްޕްރޭ ލިބެން ހުންނާނޭ ކަމުގައިވެސް ހުޝާމް ވިދާޅުވި އެވެ.

ރާއްޖޭގެ ބާޒާރަށް މި ހާއްސަ ބޮޑީ ސްޕްރޭ އާއްމުކޮށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަނީ ޕޮއިޒް ފިހާރައިންނެވެ. ހޯލްސޭލްކޮށް ގަންނަ ފަރާތްތައްކަށްވެސް ހާއްސަ ހެޔޮ އަގެއްގައި މި ބޮޑީ ސްޕްރޭ ލިބިގެންދާނެ ކަމުގައި ޕޮއިޒް އިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް