ރޯދައެކިކަންކޮޅުތަކުން: މުލަ ރޯދަ ދުވަހު އަފްޣާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 18 މަރު

މިއަދު އަފްޣާނިސްތާނަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއެއްގައި 18 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ އިންޓީރިއަ މިނިސްޓްރީގެ އޮފިޝަލަކު ބުނެފިއެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ ސްޕޯކްސްމަން ނާޖިބް ދާނިޝް...

28 May 2017 | 14:25

މިއަދު އަފްޣާނިސްތާނަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއެއްގައި 18 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ އިންޓީރިއަ މިނިސްޓްރީގެ އޮފިޝަލަކު ބުނެފިއެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ ސްޕޯކްސްމަން ނާޖިބް ދާނިޝް ބުނީ ޓެރަރިސްޓް ހަމަލާ ދިން މީހުންގެ އަމާޒަކީ ހޯސްޓް ސަރަހައްދުގައި ތިބި ޔޫއެސް ފޯސަސްގެ ސެކިއުރިޓީ ބަލަހައްޓާ މީހުން ކަމަށެވެ. ނަމަވެސް މި ހަމަލާގައި މަރުވި ގިނަ މީހުންނަކީ އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނެވެ.

މި ޓެރަރިސްޓް ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު ނަގާފައި ނުވި ނަމަވެސް ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ޠާލިބާނުން ވަނީ އަފްޣާނުގެ ސެކިއުރިޓީއާ ދެކޮޅަށް ދޭ ހަމަލާތައް މިދިޔަ މަހުގެ ފަހުން ވަރުގަދަކޮށް އިތުރުކޮށްފައެވެ.

ހަމަލާ ދީފައިވަނީ ސެކިއުރިޓީ ފޯސަސް ސަރަހައްދު ކައިރީގައިވާ މައި ބަސް ސްޓޭޝަނަށް ކަމަށް ދާނިޝް ހާމަކޮށްފައިވެއެވެ. "6 އާންމުންނާއި އިތުރު ދެ ކުޑަ ކުއްޖަކަށް މި ހަމަލާގައި ވަނީ ޒަހަމްތަކެއް ލިބިފަ." އޭނާ ބުނެފައިވެއެވެ.

މި ހަމަލާގައި އެ ސަރަހައްދުގައި ހުރު ފުޓުބޯޅަ ދަނޑަށާއި އެ ސަރަހައްދުގައި ހުރި ގިނަ ފިހާޜަތަކަށާއި އުޅަނދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ޓެރަރިސްޓް ބޮމުގެ ހަމަލާ ދީފައި މިވަނީ މާތް ވެގެންވާ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް