ރޯދަމަހަކީ މުސްލިމުން ހުރިހާ އެދުންތަކާއި ކެއިން ބުއިމުން އެއްކިބާވެ ހޭދަކުރަންޖެހޭ ދުވަސްތަކެކެވެ. މީގެ ސަބަބުން މުސްލިމުންނަށް ކުރަނޫ ކޮން ފައިދާއެއްތޯ މިއީ ޢައިރު މުސްލިމުން އެތައް ފަހަރަކު ފެންމަތިކޮށްފައިވާ ސުވާލެކެވެ.
މި ސުވާލުގެ ޖަވާބު މިހާރު ވަނީ އެތައް ސައިންސްވެރިންނެއްވެސް ހޯދާފަ އެވެ. އެގޮތުން ސައިންސްވެރިން ހޯދި ހޯދުންތަކުގައި ރޯދައަށް ހުރުމަކީ ހަމައެކަނި ދީނީ ގޮތުން ރަގަޅު ކަމެއް ނޫނެވެ. މިއީ އިންސާނާގެ ސިއްޙަތައްވެސް ހަމަ އެހާމެ ރަގަޅު ކަމެކެވެ.
ރޯދައަކީ ގިނަ އެޑިކްޝަންތަކާއި ދުރުކޮށްދޭ އަޅުކަމެއް:-
ރޯދައަކީ ކެއިން ބުއިމުން ދުރުވެ ތިބެންޖެހޭ މައްސަރަކަށްވާއިރު ގިނައިން ސިނގިރޭޓް ބުއިމާއި، ޑްރަގް އަދި ޖިންސީ ގޮތުން އެޑިކްޓް ވެފައިވާ މީހުންނަށް މިއީ އެއްމެ ރަގަޅު މައްސަރެވެ. ދުވާލު ގަނޑީގައި މި އެއްޗިއްސާ ދުރުވާން ޖެހުމުން މިފަދަ އެޑިކްޝަންތައް ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި މުޅި 30 ދުވަހު މިފަދަ އަމަލްތަކާ ދުރުވާން ޖެހުމުން މި އެޑިކްޝަންތައް މުޅިން އެއްކޮށް ނެތިގެންވެސް ދެއެވެ.
ރޯދައަކީ ކެއުމާއި ދުރުކޮށްދޭ މައްސަރެއް:-
ދުވާލުގަނޑީގައި ހުސްބަނޑާ ހުންނަން ޖެހުމުގެ ސަބަބުން ރޯދަ ވީއްލުމަށްފަހު ކުޑަ އެތިކޮޅެއް ކައިލުމުން ބަނޑު ފުރެއެވެ. ރޯދަމަސް ނޫން އެހެން މައްސަރުތަކުގައި ދުވާލުވެސް ރޭގަނޑުވެސް ގިނައިން ކެއުމުގެ ސަބަބުން ހަށިގަނޑު ފަލަވުމުގެ ޝިކާރައަކަށް ގިނަ ބަޔަކު ވެގެންދެ އެވެ. އެހެން ކަމުން ކެއުމާ ދުރުވާން ބޭނުންނަމަ މިއީ އެކަން ކުރުމަށް އެންމެ ފުރިހަމަ މައްސަރެވެ.
ރޯދައިގެ ސަބަބުން ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާއެއް ލިބިގެންދޭ:-
ގިނަ ގަޑިއިރުތަކެއް ވަންދެން ރޯދައަށް ތިބުމުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ގިނަވެ ގިނަ އަދަދެއްގެ މާއްދާތަކެއް ހަށިގަނޑަށް ލިއްބައިދެ އެވެ. ސައިންސްވެރިންގެ ހޯދުންތައް ދައްކާ ގޮތުގައި ދުވާލުގަނޑީގައި ހުސްބަނޑާ ހުރެ ރޭގަނޑު ގަޑީގައި ކައިގެން ނިދުމުގެ ސަބަބުން ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތަކެއް ލިއްބައިދޭކަމަށް ވެއެވެ.
ރޯދައިގެ ސަބަބުން ހަށިގަނޑުގެ މަސައްކަތް ކުރުމުގެ ނިޒާމު ވަރުގަދަވޭ:-
ދިރާސާތައް ދައްކާ ގޮތުގައި އެންމެ ތިން ދުވަހު ރޯދައަށް ހުރުމުގެ ސަބަބުން މީހާގެ ހަށިގަނޑުގެ މަސައްކަތް ކުރުމުގެ ނިޒާމް ތަޒާކޯށް އިތުރަށް ވަރުގަދަ ކޮށްދެ އެވެ. ހައި ހޫނު ކަނމަތީގައި ހުރުމުގެ ސަބަބުން ހަށިގަނޑުގެ ވައިތް ބްލަޑް ސެލްތައް ގިނަވެ އަށިގަނޑުގެ މަސައްކަތް ކުރާ ނިޒާމު ފުރިހަމަ ކުރާކަމަށްވެސް މި ދިރާސާތަކުން ދައްކަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް