ޒަމާންވީ "ރޯދަވީއްލުން" މިހާރު "އިފްތާރަށް" ބަދަލުވެއްޖެ

އަޅުގަނޑުމެންގެ މާދަރީ ބަސް، ދިވެހި ބަހަކީ މުއްސަނދި ބަހެކޭ ބުނާ އަޑު ކޮންމެ މީހަކުވެސް އަހާނެ އެވެ. އެއީކީ ދޮގެއް ނޫނެވެ. އަޅުގަނޑުމެންގެ ބަސް އެންމެ ފުރިހަމަ ނޫން ނަމަވެސް އެތައް ގޮތަކުން މުއްސަންޖެ...

28 May 2017 | 13:59

އަޅުގަނޑުމެންގެ މާދަރީ ބަސް، ދިވެހި ބަހަކީ މުއްސަނދި ބަހެކޭ ބުނާ އަޑު ކޮންމެ މީހަކުވެސް އަހާނެ އެވެ. އެއީކީ ދޮގެއް ނޫނެވެ. އަޅުގަނޑުމެންގެ ބަސް އެންމެ ފުރިހަމަ ނޫން ނަމަވެސް އެތައް ގޮތަކުން މުއްސަންޖެވެ.

ދިވެހި ބަހުގައި އެއްޗެއްސާއި، ތަންތަނާއި، އަދި ކަންކަމަށް ކިޔާނެ އަމިއްލަ ބަސްބަސް އެބަހުއްޓެވެ. ދެރައީ މި ހުރިހާ ބަސްތަކެއް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރެވުމެވެ.

އެގޮތުން މި ބަރަކާތްތެރި ރޯދަމަހުގެ އެކި ކަންކަމަށްވެސް ދިވެހި ބަހުގައި ވަކި ޙާއްޞަ ނަންތަކެއް ދެވިފައި ހުރެ އެވެ. ނަމަވެސް މިހާރު ފެންނަނީ މި ބަސްތައް ބޭނުންކުރުން މަދުކޮށް އެކަންކަމަށް ބޭރު ބަސްތައް ބޭނުންކުރާ ތަނެވެ.

އެތައް ޒަމާންތަކެއް ވަންދެއް ކިޔަމުންއައި ރޯދަވީއްލުން މިހާރު މިވަނީ އިފްތާރަށް ބަދަލުވެފަ އެވެ. ރޯދަޔަށް ހާރު ކެއުން މިހާރު ސުޙޫރަށް ބަދަލުވެއްޖެ އެވެ.

ރޯދަމަސް، ތަރާވީސްގަޑި، ރޯދަކެނޑުން އަދި ރޯދަހިފުން ފަދަ ރީތި ދިވެހި އަމިއްލަ ބަސްތައް ބޭނުންކުރުން އަންނަނީ މަދުވަމުންނެވެ.

މިކަންކަމަށް ބޭރު ބަސްތައް ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް މިހުރީކަމަކަށް އަމިއްލަ މާދަރީ ބަހުގައި ޙާއްޞަ ބަސްތަކެއް ދެވިފައި އޮންނައިރު އެ ބަސްތައް ބޭނުންކުރުމަށް އިސްކަންދިނުން ކިހިނެއް ވާނެތޯ އެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް