ސްނެޕްޗެޓްގެ ސީއީއޯ އިވާން ކައިވެނި ކޮށްފި!

މަޝްހޫރު ސޯޝަލް މީޑިއާ އެޕް ސްނެޕްޗެޓްގެ ސީއީއޯ އިވާން ސްޕީގެލް ކައިވެނިކޮށްފި އެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މަޝްހޫރު މޮޑެލް މިރަންޑާ ކޭރ އާއި ކައިވެނި ކޮށްފައި ވަނީ އެމެރިކާގެ ލޮސްއެންޖެލި...

28 May 2017 | 07:49

މަޝްހޫރު ސޯޝަލް މީޑިއާ އެޕް ސްނެޕްޗެޓްގެ ސީއީއޯ އިވާން ސްޕީގެލް ކައިވެނިކޮށްފި އެވެ.

އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މަޝްހޫރު މޮޑެލް މިރަންޑާ ކޭރ އާއި ކައިވެނި ކޮށްފައި ވަނީ އެމެރިކާގެ ލޮސްއެންޖެލިސްގައި ހުންނަ އިވާންގެ ގޭގައި އިއްޔެ ވަރަށް ސިއްރުން ބޭއްވި ކުޑަ ހަފްލާއެއްގައި އެވެ. އެ ހަފްލާގައި ބައިވެރިވެފައިވަނީ އާއިލާ އާއި އޭނާގެ ބައެއް މުވައްޒަފުންނާއި ދެމީހުންގެ ގާތް އެކުވެރިންނެވެ.

އިވާންގެ ގާތް މީހުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެމީހުންގެ ކައިވެނި ހަފްލާ ބޭއްވީ ކުޑަކޮށް، ސިއްރުން ކަމަށް ވިޔަސް އެ ހަފްލާ އަކީ ވަރަށް ވަރުގަދަ ހަފްލާއެއް ކަމަށެވެ. އެ ދެމީހުން އެންގޭޖުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި 20 ގައި އެވެ.

ކައިވެނި ކުރި އިރު އިވާންގެ އުމުރަކީ 26 އަހަރެވެ. މިރަންޑާގެ އުމުރަކީ 34 އަހަރެވެ.

މިއީ އިވާންގެ ފުރަތަމަ ކައިވެނި ކަމަށް ވިޔަސް މިރަންޑާގެ ދެވަނަ ކައިވެންނެވެ. މިރަންޑާގެ ފުރަތަމަ ކައިވެންޏަށް ފިރިހެން ދަރިއަކު ލިބިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް