ދުވަހުގެ ރެސިޕީ: މޮންގޯލިއަން ބީފް ފްރައިޑް ރައިސް – ޝެއަރ ކޮށްގެން ކޮކާކޯލާ ކޭހެއް ލިބުމުގެ ފުރުސަތު

ބޭނުންވާނެ ތަކެތި 1 ސައިސަމްސާ ކުކިން އޮއިލް 3 ބިސް (ގިރާފައި) 3 ޖޯޑު ބަތް (ކައްކާފައި) 1 ޖޯޑު ގެރިމަސް (ފެނުކައްކާފައި ނުވަތަ ރޯސްޓްކޮށްފައި އަދި ގޮޅި ގޮޅިއަށް ކޮށާފައި) 3/1 ޖޯޑު ފިޔާ (ހިމުންކޮށް ކޮށ...

28 May 2017 | 07:48

ބޭނުންވާނެ ތަކެތި

1 ސައިސަމްސާ ކުކިން އޮއިލް

3 ބިސް (ގިރާފައި)

3 ޖޯޑު ބަތް (ކައްކާފައި)

1 ޖޯޑު ގެރިމަސް (ފެނުކައްކާފައި ނުވަތަ ރޯސްޓްކޮށްފައި އަދި ގޮޅި ގޮޅިއަށް ކޮށާފައި)

3/1 ޖޯޑު ފިޔާ (ހިމުންކޮށް ކޮށާފައި)

1 ސައި ސަމުސާ ސޯޔާ ސޯސް

1 ސައި ސަމުސާ އޮއިސްޓަރ ސޯސް

1 ސައި ސަމްސާ މުގުރި ދިރި

2/1 ސައިސަމްސާ ތެޅިމިރުސް

ލޮނު ކޮޅެއް

ހައްދަވާނެގޮތް

ތަވައެއް އުދުންމަށްޗަށް އުދާފައި ކުޑަތެޔޮކޮޅެއް އެޅުމަށް ފަހު ގިރާފައި ހުރި ބިސް އަޅާލާފައި ތިރީފުށް ކިރިޔާ ފިހެވޭވަރަށް 30 ސިކުންތު ވަންދެން ފިހެލާށެވެ.

ބިސްގަނޑުގެ ތިރީފުށް ފިހެވުމުން ކައްކާފައި ހުރި ބަތްކޮޅު އަޅާލުމަށް ފަހު 3 މިނެޓް ވަންދެން ކައްކާލާށެވެ. ތަވާ މާބޮޑަށް ހުނުވެ ދުންއަރާނަމަ މަޑުގިނި އަށް އުދުން ބަދަލުކޮށްލާށެވެ.

ދެން ގެރިމަސްކޮޅާއި އޮއިސްޓަރ ސޯސް އާއި ސޯޔާ ސޯސް ކޮޅު އަޅާލުމަށް ފަހު އެއްކޮށްލާށެވެ. ދެން ދިރިކޮޅާއި ތެޅިމިރުސްކޮޅާއި ލޮނުކޮޅު އެޅުމަށް ފަހު އެއްކޮށްލައްވާށެވެ.

ރަނގަޅަށްއެއްވުމުން ފިޔާކޮޅު އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއްކޮށް ނިމުމުން އުދުން ނިއްވާލުމަށް ފަހު 2 މިނެޓް ވަރު ނުހަލާ ބަހައްޓާށެވެ.

މިވައްތަރުގެ މޮންގޯލިއަން ބީފް ފްރައިޑް ރައީސް ބޮޑަށް މީރުވާނީ ކުޑަކޮށް ހޫނުކޮށް ހުންނަ އިރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް