ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ އަރީވާ ކެފޭ އެންޑް ރެސްޓޯރެންޓެވެ. މި ރެސްޓޯރެންޓަކީ ޒުވާނުންގެ މެދުގައި މަގްބޫލު ރެސްޓޯރެންޓެކެވެ.
ފިޔާތޮށި މަގުގައި ހުންނަ މިރެސްޓޯރެންޓުން މި އަހަރުގެ ރަމަޟާން މަހުގެ ރޯދަ ވީއްލުމަށް ހާއްސަ މެނޫއެއް ވަނީ އާއްމު ކޮށްފަ އެވެ.
ރޯދަ ވީއްލުމަށް ހާއްސަ ހަ ސެޓް މެނޫ އާއްމު ކޮށްފައިވާއިރު ބޭނުން މެނޫއެއް ހިޔާރު ކުރުމުގެ ފުރުސަތު ކިޔުންތެރީންނަށް ހުޅުވާލާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް