ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާ ތ. ތިމަރަފުށީ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ތިމަރަފުށިން ކަރަންޓު ކެނޑިފައިވަނީ މިދިޔަ ހުކުރު ދުވަހު ހަވީރުން ފެށިގެންނެވެ. އަދިވެސް ރަށުގެ ބޮޑު ބަޔަކު ކަރަންޓެއް ނެތެވެ. ކަރަންޓުގެ ހިދުމަތް ލިބޭ މަދު ގެތަކުންވެސް އިރުކޮޅަކާ ކަރަންޓު ދާ ކަމަށްވެ އެވެ.
ކައުންސިލް މެންބަރު އަހުމަދު އިހުސާން ވިދާޅުވީ އެ ރަށު ސައިމާގޭ ބަދިގޭގައި ރޯވެފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ. އަލިފާން ރޯވީ ފްރިޖް މަތީގައި ދިއްލާފައި ހުރި އުއްބަތި އަކުން ކަމަށެވެ.
އެ ހާދިސާގައި އެގޭ ބަދިގޭގައި ހުރި ހުރިހާ ހިފާ ގެންގުޅޭ ސާމާނެއް ހެން ވަނީ ހަލާކުވެފައި އެވެ.
ތިމަރަފުށީ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ފެނަކައިން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް