ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި، އެކި ރަށް ރަށުގައި ދައްކަންޖެހެނީ އެކި މިންވަރަށް

މިއަހަރުގެ ފުތުރު ޒަކާތް ބަލައިގެންނަން ފަށައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގެންނާނެ ކަމަށެވެ. ޒަކާތް ބަލައިގެން...

28 May 2017 | 04:00

މިއަހަރުގެ ފުތުރު ޒަކާތް ބަލައިގެންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގެންނާނެ ކަމަށެވެ. ޒަކާތް ބަލައިގެންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން މެންދުރު 1:00 އަށެވެ. އަދި ރަމަޟާން މަހުގެ 29 ވަނަ ދުވަހު މެންދުރު 2:00 އާ ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

މާލެއިން ނަމަ އިސްލާމިކް މިނިސްޓްރީއަށް ޒަކާތް ދައްކަންޖެހޭއިރު ހުޅުމާލެއިން އެޗްޑީސީގައި، ވިލިމާލެއަށް ދައްކާނަމަ އަޔާދީ ތަކާފުލް އަށެވެ. އައްޑޫ ސިޓީ, ފުވައްމުލަކު ސިޓީ އަދި އެހެން ރަށްރަށުގައި ޒަކާތް ދައްކަން ޖެހެނީ ކައުންސިލް އިދާރާ އަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ދައްކަން ޖެހޭނީ ބޭނުން ކުރާ ހަނޑުލުގެ ބާވަތެއްގެ 2.4 ކިލޯ އެ ރަށެއްގައި ގަންނަން ލިބެން ހުރި އަގެކެވެ.

މަލޭގައި އާދައިގެ ހަނޑުލުން ނަމަ ބޮލަކަށް 16 ރުފިޔާ، ތައިލެންޑް ހަނޑުލުން ނަމަ ބޮލަކަށް 55 ރުފިޔާ، އަދި ބާސްމަތީ ހަނޑުލުން ނަމަ ބޮލަކަށް 80 ރުފިޔާ އެވެ.

ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު 12،335 މީހުން ރަޖިސްޓަރީ ކުރި އެވެ. އަދި އޭގެން ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި 400 ރުފިޔާ ބަހާފައިވެ އެވެ.

މިއަހަރު ފަގީރުންގެ ލިސްޓުގައި ރެޖިސްޓްރީވުމުގެ ފުރުސަތު ހަމަވެފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް