ކުއްތާތަށް ބޭނުންކޮށްގެން ތ.އަތޮޅުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފި

މަސްތުވާތަކެއްޗާއި ބަނގުރާ ހޯދައި އެތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވައި އެތަކެތި ޢާއްމު ފަރާތްތަކަށް ލިބުމަށް ހުރަސްއެޅުމަށް ފުލުހުން ފަށައިގެން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ތ. އަތޮޅުގައި...

28 May 2015 | 11:17

މަސްތުވާތަކެއްޗާއި ބަނގުރާ ހޯދައި އެތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވައި އެތަކެތި ޢާއްމު ފަރާތްތަކަށް ލިބުމަށް ހުރަސްއެޅުމަށް ފުލުހުން ފަށައިގެން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ތ. އަތޮޅުގައި ފާރަ ބޭނުންކޮށްގެން ހިންގާ ބޮޑު އޮޕަރޭޝަނެއް މިއަދު ހެނދުނު އެއަތޮޅުގައި ފަށައިފިއެވެ.

ފުލުހުން ބުނީ ތ. އަތޮޅުގައި ފުލުހުން ހިންގަންފެށި މިއޮޕަރޭޝަނަކީ ފާރަގެމަ އެކުލަވާލައި، ފާރަ ބޭނުންކޮށްގެން އަތޮޅުތަކުގައި އޮޕަރޭޝަންތައް ހިންގަން ފެށިފަހުން ހިންގާ ދެ ވަނަ އޮޕަރޭޝަން ކަމަށާއި ތ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި މަސްތުވާ ތަކެތި ލިބެންހުރި ދޮރުތައް ބަންދުކުރުމަށް ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން އާއި ތ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންނާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުންނާ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް ގުޅިގެން ހިންގާ މިއޮޕަރޭޝަން އެއަތޮޅުގައި ކުރިޔަށް ގެންދަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ކަމަށެވެ.

މިއަދުން ފެށިގެން ކުރިޔަށް އޮތް 3 ދުވަހު ތ. އަތޮޅުގައި ހިންގާ މިއޮޕަރޭޝަންގައި އެއަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށާއި ފަޅުރަށްތަކުގައި މި އޮޕަރޭޝަން ހިންގައި ކަނޑައެޅޭ ތަންތަން ބަލައި ފާސްކުރުމުގެ އިތުރުން މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ ތަންތަންވެސް ބަލައިފާސްކޮށް ހެދުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށްބުނީ ތ. އަތޮޅުގައި މިއަދު ފެށި އޮޕަރޭޝަންގައި މިއަދު ތ. ގުރައިދޫ އަދި ތ. ތިމަރަފުށީގައި މިހާރު ފެށިގެން ކުރިޔަށްދާއިރު މިހާތަނަށް މަސްތުވާ ތަކެއްޗާއެކު ފަސް މީހަކު މިދެރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

ފާރަ ބޭނުންކޮޣެން ލ. އަތޮޅުގައި ފުލުހުން ވަނީ ފާއިތު ހަފްތާތެރޭގައިވެސް ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް