މި މަހު އެކެއްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން ބަންދުކޮށްފައި ހުރި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ސޮބާހް ރަޝީދު، ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ސޮބާހް ދޫކޮށްލާފައި ވަނީ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ދެ ވަނަ ފަހަރަށް ދިން 10 ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ، އެ މުއްދަތު އިތުރުކުރުމަށް ކޯޓަަށް ހާޒިރުކުރުމުންނެވެ.
ސޮބާހުގެ ބަންދުގެ މުއްދަތު އިތުރު ކުރީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައިދިނުމަށް މީގެ ކުރިން ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.
ސޮބާހް ހައްޔަރުކުރީ މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި މުޒާހަރާގައި ހުންނަވަނިކޮށެވެ.
އެ މުޒާހަރާއާ ގުޅިގެން، އޭނާގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން މިދިޔަ ހަފުތާގައި ފޮނުވާފައިވެ އެވެ. ނަމަވެސް އެ މައްސަލަ އަދި ކޯޓަކަށް ނުފޮނުވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް