ޗެމްޕިއަންކަން ހޯދައިފި ނަމަ ކޮންމެ ކުޅުންތެރިއަކަށް 32،000ރ. ދެނީ

އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ވޮލީ ޓީމު ހޯދައިފިނަމަ އެ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށް 32،000ރ. ސަރުކާރުން ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަ...

28 May 2015 | 09:51

އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ވޮލީ ޓީމު ހޯދައިފިނަމަ އެ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށް 32،000ރ. ސަރުކާރުން ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ކުޅޭ ފައިނަލުން ދިވެހި ޓީމު މޮޅުވެއްޖެ ނަމަ ކޮންމެ ކުޅުންތެރިއަކަށް ސަރުކާރުގެ ފަރާތުން 32،000ރ. ދިނުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ މިއަދުގެ ފައިނަލު މެޗުން މޮޅުވުމަށް ޓީމަށް ހިތްވަރުދެއްވުމަށް ފޯނުން ގުޅުއްވާފައިވާކަމަށް ވިދާޅުވެފައިވެ އެވެ.

ގައުމީ ވޮލީ ޓީމުގެ މެނޭޖަރު އަލީ ލަތީފަށް ފޯނުން ގުޅުއްވާ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ޓީމަށް ރައީސް ވަނީ ހިތްވަރު ދެއްވައިފަ އެވެ. އަދި ފައިނަލަށް ދަތުރު ކުރުމުން މަރުހަބާ ކިޔުމަށްފަހު ގައުމަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތްކުރެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ފައިނަލުން ބަލިވި ނަމަވެސް ޓީމަށް 250،000ރ. ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

ގައުމީ ވޮލީ ބޯޅަ ޓީމުގައި 12 ކުޅުންތެރިން ހިމެނެ އެވެ. މި މުބާރާތުގެ ފައިނަލުގައި ރާއްޖެ މިއަދު ނުކުންނާނީ ތުރުކަމަނިސްތާނާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް