އެމްޑީޕީގެ މުޒާހިރާއިން ރޭ ތިން މީހަކު ހައްޔަރު ކުރި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ރޭ ކުރި މުޒާހިރާއާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭގެ މުޒާހި...

28 May 2015 | 09:50

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ރޭ ކުރި މުޒާހިރާއާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭގެ މުޒާހިރާ އިން ތިން މީހަކު ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ރޭ އެމްޑީޕީ މީހުން މުޒާހިރާ ކޮށްފައިވަނީ ޗާނދަނީ މަގު ސީގަލް ކުރިމަތީގަ އެވެ.

ޓެރަރިޒަމްގެ ކުށްސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ދަނީ މާލޭގައި ކޮންމެ ރެއަކު އެއްވުންތައް ބާއްވައި މުޒާހިރާ ކުރަމުންނެވެ.

ރޭގެ މުޒާހިރާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އެމްޑީޕީގެ ވައިސް ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒާއި ތަސްމީން އަލީ ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް