މާލެއަށް ކަރަންޓް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި

މާލެ އަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން 80 މިލިއަނެއްހާ ޑޮލަރުގެ ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ސްޓެލްކޯގައި މިއަދު ބޭއްވި ...

28 May 2015 | 09:20

މާލެ އަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން 80 މިލިއަނެއްހާ ޑޮލަރުގެ ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ބައްދަލުވުމެއްގައ ފިފްތު ޕަވާ ޕްރޮޖެކްޓްގެ މި މަޝްރޫއުގެ އެމްއޯޔޫގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުއްޝަކޫރު ސޯލިހު އެވެ. މި މަޝްރޫއު ހަވާލު ކުރި ޗައިނާގެ ޑޮންފޭންގް އިލެކްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޕްރޮޖެކްޓްގެ މެނޭޖަރެވެ.

ޗައިނާގެ ޑޮއެންގް ސެންގް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ސްޓެލްކޯއިން ފެށި މި މަޝްރޫއަކީ އުފައްދާ ކަރަންޓު 50 މެގަވޯޓު އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މި މަޝްރޫއުގެ ދަށުން އަށް މެގަ ވޯޓުގެ ހަ އިންޖީނު އިތުރަށް ބަަހައްޓާނެ އެވެ. މިހާރު ސްޓެލްކޯއިން ފޯރުކޮށްދެމުން އަންނަނީ 22 ޖެނެރޭޓަރު ބޭނުންކޮށްގެން 60 މެގަވޯޓުގެ ކަރަންޓެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަބްދުއްޝުކޫރު ސޯލިހު ވިދާޅުވީ މި މަޝްރޫއަކީ މާލޭ އަށް މިވަގުތު ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމުން ކަރަންޓް ފޯރުކޮށް ދިނުމުގައި މިހާރު ދިމާވެފައިވާ މައްސަލަ ހައްލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެން އަތުގައި މާލެއަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދެން ނެތް، އެހެންނަމަވެސް އިތުރު ފަރާތްތަކަށާއި ތަންތަނަށް ވެސް ކަރަންޓް ނުދެވި މިދަނީ މިސަބަބުތަކާ ހުރެ. ސްޓެލްކޯގައި ހުރި ބޮޑެތި ޖަނަރޭޓަރުތައް މިއުޅެނީ މެއިންޓަނެންސް އަށް ވެސް ހުއްޓާލެވޭނެ ގޮތެއް ނެތިގެން،" ޝުކޫރު ވިދާޅުވި އެވެ.

ޝުކޫރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ނިމުމުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތި މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ އެވެ. ޝުކޫރު ވިދާޅުވީ ހަތަރު އަހަރު ފަހުން އަނެއްކާ ވެސް މިފަދަ އެހެން މަޝްރޫއެއް އެ ކުންފުނިން ފަށާނެ ކަމަށާއި އެއީ މި އަށްވުރެ ހަތަރު ގުނަ ބޮޑު މަޝްރޫއަކަށް ވެގެންދާނެ ކަމަށެވެ.

ލޯނުގެ އެހީ އާއި ސްޓެލްކޯގެ ބަޖެޓުން ހަރަދުކޮށްގެން ފަށާ މި މަޝްރޫއުގެ ދަށުން އިންޖީނުތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެއް ނަމްބަރު ކުނި ކޮށީގެ އިރުމައްޗަށް އޮންނަ ހުސް ބިމުގަ އެވެ. ޝުކޫރު ވިދާޅުވީ ހަތަރު އަހަރު ފަހުން އަނެއްކާ ވެސް މިފަދަ އެހެން މަޝްރޫއެއް އެ ކުންފުނިން ފަށާނެ ކަމަށާއި އެއީ މި އަށްވުރެ ހަތަރު ގުނަ ބޮޑު މަޝްރޫއަކަށް ވެގެންދާނެ ކަމަށެވެ.

ލޯނުގެ އެހީ އާއި ސްޓެލްކޯގެ ބަޖެޓުން ހަރަދުކޮށްގެން ފަށާ މި މަޝްރޫއުގެ ދަށުން އިންޖީނުތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެއް ނަމްބަރު ކުނި ކޮށީގެ އިރުމައްޗަށް އޮންނަ ހުސް ބިމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް