ޑރ އަފްރާޝިމްގެ ހަނދާނުގައި އުނގޫފާރުގައި އިސްލާމީ މަރުކަޒެއް އަޅަނީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ރ. އުނގޫފާރުގައި އިސްލާމީ މަރުކަޒެއް އަޅަން ސަރުކާރުން ނިންމައިފި އެވެ. އެކަން އިއުލާންކުރެއްވީ ރ. އިފުރުގަ...

28 May 2015 | 07:29

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ރ. އުނގޫފާރުގައި އިސްލާމީ މަރުކަޒެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.

އެކަން އިއުލާންކުރެއްވީ ރ. އިފުރުގައި ހެދި އެއާޕޯޓު ހުޅުވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނެވެ.

އެ ރަސްމިއްޔާތުގައި، ރައީސް ޔާމީން ވިދާޅުވި ގޮތުގައި އުނގޫފާރަށް އުފަން އަފްރާޝީމް ވަނީ ދީނީ އިލްމުވެރިއަކަށް ވެވަޑައިގެންނެވުމުގެ އިތުރަށް، މަޖިލީހުގައި ވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އެހެން ނަމަވެސް، އޭނާ އަވަހާރަކޮށްލީ ވަރަށް އިހާނެތި ގޮތަކަށް ކަމަށެވެ.

"އަފްރާޝީމްގެ ހަނދާނުގައި، އަފްރާޝީމްގެ ޒިކުރާ އާކުރުމުގެ ގޮތުން މި ސަރުކާރުން، އަޅުގަނޑު ނިންމައިފިން އިސްލާމިކް ބިނާއެއް، އިސްލާމީ މަރުކަޒެއް އުނގޫފާރުގައި އަޅަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ޔާމީން ވަނީ އަފްރާޝީމްގެ މަރުގެ އިލްޒާމް އެ މަނިކުފާނުގެ ބޮލުގައި އަޅުވަމުންދާ އިދިކޮޅު ފަރާތްތަކަށް ވެސް މިއަދު ވަނީ އިންޒާރު ދެއްވާފަ އެވެ. އެގޮތުން، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި އެ އިލްޒާމު އަޅުވަމުންދާ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް