އާންމު މެމްބަރުންގެ ތިން މެމްބަރަކާއެކު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި

އާންމު ހިއްސާ ދާރުންގެ ތިން މެމްބަރަކާއެކު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި އެވެ. މި ބޯޑު އެކުލަވާލާފައިވަނީ ރޭ ބޭއްވުނު އެ ކުންފުނީގެ ހިއްސާ ދާރުންގެ 32 އަހަރީ އާންމު ޖަލްސާގަ އެވެ. އާ...

28 May 2015 | 04:16

އާންމު ހިއްސާ ދާރުންގެ ތިން މެމްބަރަކާއެކު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި އެވެ.

މި ބޯޑު އެކުލަވާލާފައިވަނީ ރޭ ބޭއްވުނު އެ ކުންފުނީގެ ހިއްސާ ދާރުންގެ 32 އަހަރީ އާންމު ޖަލްސާގަ އެވެ.

އާންމު މެމްބަރުނެގ ތެރެއިން ތިން ބޭފުޅަކު ޑިރެކްޓަރުންގެ ބޯޑަށް ހޮވާފައިވާއިރު ޑިރެކްޓަރުންގެ ބޯޑުގައި މިހާރު 11 މެމްބަރުން ތިއްބަވަ އެވެ.

ރޭގެ ޖަލްސާގައި އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވުނު ތިން ބޭފުޅުންނަކީ  އަލްފާޟިލް މުޙައްމަދު ޢަބްދުއްސައްތާރު، މއ. ޓިއުލިޕްވިލާ،    އަލްފާޟިލް އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ، އަދި    އަލްފާޟިލާ އިބްތިޝާމާ އަޙްމަދު ސަޢީދު* (ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ތަމްސީލު ކުރައްވާ ފަރާތް)، މ.އެގްޒީޓަރ އެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް ބޯޑުގެ ޗެއަރޕަރސަން އައްޔަނު ކުރާނީ އަލަށް ހޮވުނު ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް