ގެއަށް ވައްކަންކުރަން ވަތް ވަގާއެކު ސެލްފީއެއް ނަގައިފި

ދުބާއީ ގެއަކަށް ވައްކަން ކުރަން ވަތް ވަގަކާއެކު ތޫނިސްގެ އަންހެނަކު ސެލްފީއެއް ނަގައި އެ ސެލްފީ ސޯޝަލް މީޑީއާގައި އާންމުކޮށްފި އެވެ. އެ ސެލްފީ ސޯޝަލް މީޑީއާއަށް އަޕްލޯޑް ކުރުމަށްފަހު އަންހެންމީހާ ބުނެ...

28 May 2015 | 03:54

ދުބާއީ ގެއަކަށް ވައްކަން ކުރަން ވަތް ވަގަކާއެކު ތޫނިސްގެ އަންހެނަކު ސެލްފީއެއް ނަގައި އެ ސެލްފީ ސޯޝަލް މީޑީއާގައި އާންމުކޮށްފި އެވެ.

އެ ސެލްފީ ސޯޝަލް މީޑީއާއަށް އަޕްލޯޑް ކުރުމަށްފަހު އަންހެންމީހާ ބުނެފައިވަނީ ސެލްފީގައި ފެންނާން އޮތީ ވަގެއް ކަމަށާއި "އަހަރެންގެ" އެނދުގައި ވަގުކަލޭގެ ނިދާފައި އޮތް އިރު ވައްކަން ކުރަން ވަތް ނަމަވެސް ވަގު ފެއިލްވެއް ކަމަށެވެ.

ވައްކަންކުރަން ވަދެ އެނދުގައި ނިދާފައި އޮތް މީހާ ދުބާއީ ފުލުހުންނާ ހަވާލުކޮށްފައިވާއިރު ފުލުހުންބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ ވައްކަންކުރުމުގެ ތުހުމަތުގައި ނޫން ކަމަށެވެ. ހައްޔަރުކުރީ ހުއްދަނުހޯދާ ގެއަކަށް ވަތްކަމުގެ ކުށުގައި ކަމަށެވެ. އަދި އަދަބު ލިބޭނީވެސް އެ ކުށަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް