އައިއެސްއިން ޕަލްމީރާގެ "އެމްފިތިއޭޓަރު" ގައި 20 މީހަކު މަރާލައިފި

މިދިޔަ ހަފްތާގައި އައިއެސް އިން ހިފާފައިވާ ސީރިޔާގެ ތާރީހީ އަދި އާސާރީ ރަށެއް ކަމަށްވާ (ތަދްމުރު) ޕަލްމީރާގެ "އެމްފިތިއޭޓަރު" ގައި މަސައްކަތްކުރާ 20 މީހަކު މަރާލައިފި އެވެ. "އެމްފިތިއޭޓާ" އަކީ ރޯމަނުނ...

28 May 2015 | 03:44

މިދިޔަ ހަފްތާގައި އައިއެސް އިން ހިފާފައިވާ ސީރިޔާގެ ތާރީހީ އަދި އާސާރީ ރަށެއް ކަމަށްވާ (ތަދްމުރު) ޕަލްމީރާގެ "އެމްފިތިއޭޓަރު" ގައި މަސައްކަތްކުރާ 20 މީހަކު މަރާލައިފި އެވެ.

"އެމްފިތިއޭޓާ" އަކީ ރޯމަނުންގެ ޒަމާނުގައި ގުޅަކުޅޭ ފަސްގަނޑެއް ގޮތަށް އެކި ވައްތަރުގެ ކުޅިވަރު ކުޅުމަށް ހަދާފައިވާ އެ ޒަމާނުގެ ތިއޭޓަރެކެވެ. އެމްފިތިއޭޓަރުގައި މަސައްކަތްކުރާ 20 މީހަކު އައިއެސްއިން މަރާލީ އެމީހުންނަކީ ސީރިޔާގެ ސަރުކާރަށް ވާގިވެރިވާ ބައެއް ކަމަށް ބުނެ އެވެ.

ތަދްމުރުގައި އައިއެސްގެ ބާރު ގަދަކޮށް އައިއެސްގެ މިސްރާބު ސީރިޔާގެ ވެރިރަށް ދިމިޝްގާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު އެ ސަރަހައްދު މޮނީޓާ ކުރަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަންރައިޓް އިން މައުލޫމާތުދޭ ގޮތުގައި ތަދްމުރުގައި އައިއެސް އިން މިހާތަނަށް 200 އަށްވުރެ ގިނަ މީޙުން މަރާފައި ވެ އެވެ. އަދި 600 އަށްވުރެ ގިނަ މީހުން ރަހީނުކޮށްފައިވާކަމަށްވެސް އިނގިރޭސިވިލާތަށް ނިސްބަތްވާ އޮބްޒަވޭޓަރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް