އިޒްރޭލުން ގާޒާއަށް ވައިގެމަގުން ހަމަލާތަކެއް ދީފި

އިއްޔެގެ ވަގުތެއްގައި ގާޒާއިން އިޒްރޭލަށް ރޮކެޓެއް އަމާޒުވިކަމަށްބުނެ އިޒްރޭލުން ގާޒާއަށް ވައިގެ މަގުން ހަމަލާތަކެއް ދީފި އެވެ. މަންޒަރުދުއް ބައެއް ފަރާތްތަކުން ބުނެފައިވަނީ އިޒްރޭލުގެ ހަނގުރާމަމަތީ ޖ...

28 May 2015 | 03:22

އިއްޔެގެ ވަގުތެއްގައި ގާޒާއިން އިޒްރޭލަށް ރޮކެޓެއް އަމާޒުވިކަމަށްބުނެ އިޒްރޭލުން ގާޒާއަށް ވައިގެ މަގުން ހަމަލާތަކެއް ދީފި އެވެ.

މަންޒަރުދުއް ބައެއް ފަރާތްތަކުން ބުނެފައިވަނީ އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓްތަކުން ހަމަލާދީފައިވަނީ ގާޒާ ސިޓީގައި އިސްލާމިކް ޖިހާދު ގްރޫޕުން ހިންގަމުން އަންނަ ޓްރޭނިން ކޭމްޕަކަށެވެ.

އެ ހަމަލާ ދީފައިވާކަން އިޒްރޭލް ސިފައިންވެސް ވަނީ މެދުއިރުމަތީގެ މީޑީއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

ގާޒާއަށް އިޒްރޭލުން ދިން ހަމަލާގައި އެއްވެސް މީހަކު މަރުވި ކަމެއް އަދި ޒަހަމްވި ކަމެއް އެނގިފައި ނުވާއިރު އިޒްރޭލުން ބުނެފައިވަނީ ހަމަލާދިނީ ރައްދުގައި ކަމަށާއި ފުރަތަމަ ރޮކެޓް ހަމަލާއެއް ފޮނުވާލީ ގާޒާއިން ކަމަށެވެ.

މީގެ ކުރިން 50 ދުވަހަށް ދިގުދެމިގެންދިޔަ ހަމަލާތައްވެސް އިޒްރޭލުން ގާޒާއަށް ދީފައިވަނީ ފަލަސްތީނުން އިޒްރޭލަށް ހަމަލާދޭކަމަށް ބުނެ އެވެ.

50 ދުވަހަށް ދެމިގެންދިޔަ އެ ހަމަލާތަކުގައި ފަލަސްތީނުގެ 2200 މީހުން މަރުވި އެވެ. އިޒްރޭލުން މަރުވީ އެންމެ 73 މީހުންނެވެ. ހަމަލާތަކުގެ ގާޒާއަށް ލިބުނު ގެއްލުމުގައި 160000 ގެ ހަލާކުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް