ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ރޭ 8:00 ހާއިރު ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.
"އެ ދޯނީގައި ތިބީ 5 މީހުންނެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ." ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި ދޯންޏާއި އެންމެ ފަހުން ގުޅިފައި ވަނީ ރޭ ދަންވަރު 2:40 ގައި ކަމަށެވެ. ދޯނީގެ ކެޕްޓަން އޭރު ބުނީ ހުވަދޫ ކަނޑުން ވަންނަން ކައިރިވެފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން އެ ދޯންޏާ ގުޅިފައި ނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އެންގުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް