ޔުމްނުއަށް ދިމާވި ހާދިސާ ތަހުގީގުކުރާ ކޮމިޝަންގެ މެންބަރުންގެ އަދަދު ފަހަކަށް – ދެ އަންހެނަކު ހިމެނޭ

މިމަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއި މެދު ކަން ހިނގި ގޮތް ތަހުގީގު ކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނަށް އިތުރު ހަތަރު މެންބަރަކު ހަމަޖައްސައި...

28 Apr 2025 | 12:22

މިމަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއި މެދު ކަން ހިނގި ގޮތް ތަހުގީގު ކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނަށް އިތުރު ހަތަރު މެންބަރަކު ހަމަޖައްސައިފިއެވެ.

އެ ކޮމިޝަނަށް އަލަށް އައްޔަނުކުރި މެންބަރުންނަކީ ދަފްތަރު ނަންބަރު ރސ 641، ޑރ. މޫސާ މުރާދުއާއި ތ. ވޭމަންޑޫ މޫނިމާގެ، ޖަބީން މުޙައްމަދު، އާއި ހ. ހަބަރުގެ، އަލްފާޞިލާ އާމިނަތު އީނާސް އެވެ.

ކުރިން އެ ކޮމިޝަން އެކުލަވާއިރު ކޮމިޝަންގެ ރައީސްގެ ގޮތުގައި ޑރ. މުޙައްމަދު މުނައްވަރާއި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް ޢަހްމަދު މުޙައްމަދުގެ އިތުރުން ޑރ. މުޙައްމަދު ޙަބީބު އައްޔަންކުރިއެވެ. ނަމަވެސް މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އާއި އާއިލީ ގޮތުން ގުޅުން އޮންނާތީ ޑރ. ހަބީބު ވަނީ އެ ކޮމިޝަނުން އަމިއްލައަށް ވަކިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް