ގެއްލިގެން ހޯދަން އިއްޔެ އިޢުލާނުކުރި އަންހެން މީހާ ފެނިފައިވާކަމަށާއި ހާލުވެސް ރަނގަޅު ކަމުގައި ފުލުހުން ބުނެފިއެވެ.
ފެނުނީ ކޮންތާކުން، ކޮން އިރަކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ގެއްލިގެން އިއްޔެގެ ވަގުތެއްގައި ހޯދަން އިޢުލާނުކުރީ ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ (31އ) އެވެ.
އިއްޔެ ފުލުހުން ބުނެފައިވަނީ މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމަށާއި އޭޕްރީލް 22 ވަނަ ދުވަހުން ފެށިގެން ފާޠިމަތު ޝަހުދާ ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 އޭޕްރީލް 24 ވަނަ ދުވަހު 20:00 އެހައިކަންހާއިރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް