ވިނަރެސް ފްލެޓެއްގައި ޚަބަރު ހުސްވެފައި އޮއްވާ ފެނުނު 21 އަހަރުގެ އަންހެނަކަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ރޯ އަޑު އިވޭކަމަށް މިއަދު ހެނދުނު 06:05 ހާއިރު ރިޕޯޓް ލިބުނު ކަމަށެވެ.
"ފުލުހުން އެޓެންޑްވެ ގަދަކަމުން ދޮރު ހުޅުވައި ބެލި އިރު ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވޭ، އެއީ 21 އަހަރުގެ ދިވެހި އަންހެނެއް" ފުލުހުން ބުނެފައިވެއެވެ.
އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު މި މައްސަލަ ތަހުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް