ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކޮށްފިއެވެ. މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ ، ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކުރީ ސަލާމަތީ ސަބަބުތަކަކަށް ޓަކައި ކަމުގައެވެ. ހީނާ ވަލީދު ވިދާޅުވީ ކުރިން އެންގިފައި ނެތުމުގެ ސަބަބުން ބައްދަލުވުމަށް މިއަދު ފޯނު ވެއްދުނު ނަމަވެސް މީގެ ފަހުން ދެން ފޯނު ނުވެއްދޭނެ ކަމަށްށެވެ.
މި ބަދަލާ ގުޅިގެން ނޫސްވެރިން ދެކެނީ މީގެ ސަބަބުން ފޯނުން ކުރަން ޖެހޭ ބައެއް މުހިންމު މަސައްކަތްތަށް ކުރުމަށް ބުރޫއަރާނެކަމަށެވެ. ރުމަށް ދަތި ތަކެއް އަންނާނެ ކަ.
މީގެ އިތުރުން ހީނާ ވިދާޅުވީ ނޫސްވެރިންނަށް ދަތިކޮށް ކަންކަން ފޮރުވުމަކީ މި ސަރުކާރުގެ ސިޔާސަތު ގައި ހިމެނޭ ކަމެއް ނޫން ކަމަށްށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް