ފުލުހުންގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒިޔާދު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
އެކްސްގައި ފުލުހުންގެ ރަސްމީ އެކައުންޓުން މިއަދުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒިޔާދު (ސ.ނ. 1272) ވަނީ މިއަދުގެ ވަގުތެއްގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައި ކަމަށާއި ފުން ހިތާމަވެރި މިވަގުތު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒިޔާދުގެ ލޮބުވެތި ޢާއިލާއަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ނަމުގައި އިޚްލާސްތެރި ތަޢުޒިޔާ ދަންނަވާކަމަށެވެ. އަދި މަރްޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވައި، މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދޭކަމަށެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ޒިޔާދު ނިޔާވީ ހާލު ދެރަވެ ޚަބަރު ހުސްވުމާއި ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދެވި ފަރުވާދެމުންދަނިކޮށެވެ.
https://twitter.com/PoliceMv/status/1784492949835018384
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް