ސަރުކާރުގެ އަމާޒަކީ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވަލީދު ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިޤްތިޞާދީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ޤައުމަށް ތަރައްގީ ގެނައުން ކަމަށެވެ.
މި ބައްދަލުވުމުގައި ހީނާ ވަނީ ސަރުކާރުގެ އެކި މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.
އަދި ސަރުކާރުން ސުޕާރ މެޖޯރެޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމުގެ ޔަގީންކަންވެސް ހީނާ ވަނީ ދެއްވާފައެވެ.
މިފަދަ ނޫސްވެރިކަމުގެ ބައްދަލުވުންތައް ހަފްތާއަކު މަދުވެގެން އެއް ފަހަރު ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް