އެއް ސިސްޓަމަކުން ޝަރުޢީ ދާއިރާގެ ހުރިހާ އިދާރީތަކެއް ގުޅާލައިފިއެވެ. އެ އިދާރީތައް ގުޅާލާފައިވަނީ އިންޓަގްރޭޓެޑް ކޯޓް މެނޭޖްމަންޓް ސިސްޓަމަކުންނެވެ. މި ސިސްޓަމް އިފްތިތާހު ކުރުމަށް ރޭ މީރުމާގައި ބޭއްވުނު ހާއްސަ ހަފްލާގައި ސިސްޓަމް އިފްތިތާހު ކޮށްދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަސިމް ޢަދުދާނުއެވެ.
މި ސިސްޓަމަކީ ޝަރުޢީ ދާއިރާގައި އަދި ބްރޯޑަރ ލީގަލް އެންޑް ޖަސްޓިސް ސެކްޓަރގައި ހިމެނޭ ހުރިހާ ސްޓޭކް ހޯލްޑަރުން އެއް ވިޔުގައަކުން ގުޅާލެވި، ސްޓްރީމްލައިން ކުރުމަށްޓަކާއެޅޭ މިހިންމު ފާލަމެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ ވަނީ ވިދާޅުވެފައެވެ.
މައްސަލައެއް ތަހުގީގު ކުރަން ފެށޭ ހިސާބުން ފެށިގެން ހުކުމްކުރުމާއި ހަމައަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިފަދަ ވިއުގައެއްގެ ތެރެއިން ކުރިއަށް އޮތް ތާގައި ކުރެވޭނެ ކަމަށް ވެސް ރިޒްނާ ވަނީ ވިދާޅުވެފައެވެ.
އަދި އޭގެ ސަބަބަން މައްސަލަތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ވަގުތު ކުޑަވެ ކޯޓު ތަކުގެ ހިނގުން ހަރުދަނާވެ މަސައްކަތުގެ ސްޕީޑް ރަގަނޅުވެ، މައްސަލަތައް ބެކްލޮގްވެސް ބޮޑުތަނުން ކުޑަވެ އަދުލު އިންސާދު ފަސޭހައިން ލިބޭނެކަމުގައި ރިޒްނާ ވަނީ އެ ހަފްލާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް