ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އަދި އެމަނިކުފާނުގެ ދަރިކަލުންގެ ނަމުގައި ރަޖިސްޓްރީކޮށް އުފައްދަވާފައިވާ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ކޮމިޓީތައް އެކުލަވާލައިފިއެވެ.
މިކަން ހާމަކުރައްވައި އެ ޕާޓީގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލު ރޭގައި އެކްސްގައި ވިދާޅުވީ އެ ޕާޓީގެ ފުރަތަމަ ސެނެޓު ބައްދަލުވުން އިއްޔެ ބާއްވާފައިވާކަމަށާއި އަސާސީ ގަވާއިދުަގައިވާ ހަތަރު ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވާކަމަށެވެ.
"މީގެ ތެރޭގައި ސުލޫކީ، އިސްތިއުނާފީ، އީސީ އަދި މެމްބަރ އެފެއާާރޒް ކޮމިޓީ ހިމެނޭ" މަލީހް ވިދާޅުވެފައިވެއެވެ.
މަލީހް އިތުރަށް ވިދާޅުވެފައިވާގޮތުގައި އިއްޔެގެ ސެނެޓު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސް ޔާމީން އެވެ.
https://twitter.com/maleehjamal/status/1784340149314445470
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް