މޫލީ އާއި ގުޅޭ ޚާއްޞަ މަޢުލޫމާތު ސެޝަނެއް މިއަދު އެސްއެމްއީ ހަބްގައި

އީ-ކޮމަރސް ޕްލެޓްފޯމް މޫލީއާއި ގުޅޭ ޚާއްޞަ މަޢުލޫމާތު ސެޝަން އެއް މިއަދު ކުރިއަށްގެންދަން ތައްޔާރުވެއްޖެއެވެ. އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މި ސެޝަންގައި މޫލީ މެދުވެރިކޮށް ...

28 Apr 2024 | 06:59

އީ-ކޮމަރސް ޕްލެޓްފޯމް މޫލީއާއި ގުޅޭ ޚާއްޞަ މަޢުލޫމާތު ސެޝަން އެއް މިއަދު ކުރިއަށްގެންދަން ތައްޔާރުވެއްޖެއެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މި ސެޝަންގައި މޫލީ މެދުވެރިކޮށް ތިޔަބޭފުޅުންގެ ވިޔަފާރިތައް ތަރައްޤީ ކުރާނެގޮތުގެ މަޢުލޫމާތު ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިގެންދާނެކަމުގައި މޫލީ ޓީމުން ދެކެއެވެ.

މި ސެޝަން ކުރިއަށްދާނީ މިއަދު މެންދުރުފަހު 03:00 އިން ހަވީރު 4:00 އަށް ޗާންދަނީ މަގުގައި ހުންނަ އެސްއެމްއީ ހަބްގެ ދެވަނަ ފަންގިފިލާގައެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރައްވާ ފަރާތްތަކާއި އަލަށް މިފަދަ ވިޔަފާރިއެއް ފެށުމުގެ ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މި ސެޝަން އަށް މޫލީއިން ދަޢުވަތު އަރުވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް