ރޭ ބޭއްވުނު ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބައްދަލުވުން ރިޔާސަތުގައި އިންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ޕީއެންއެފްގެ އޮފީހުގައެވެ.
ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ބުނުއްވާފައިވަނީ "ސެނޭޓްގެ ރުހުމާއި އެކު ރިޔާސަތު ބަލަހައްޓާ ދެއްވާފައި ވަނީ ރައީސް ޔާމީން"ކަމުގައެވެ.
މި ބައްދަލުވުމުގައި ޕާޓީގެ އަސާސީ ގާނޫނުގެ ދަށުން ހަތަރު ކޮމިޓީއަށް މެންބަރުން ވަނީ އިންތިހާބުކޮށްފައެވެ.
މީގެ ތެރޭގައި ހިމެނޭ ކޮމިޓީ ތަކަކީ ސުލޫކީ، އިސްތިއުނާފު، އީސީ އަދި މެމްބަރ އެފެއާޒް ކޮމިޓީއެވެ.
މި ބައްދަލުވުމުގައި ވަނީ ޕާޓީގެ ލޯގޯ ވެސް ފާސް ކުރައްވާފައެވެ.
ޕީއެންއެފް ޕާޓީގެ ވަގުތީ ރައީސަކަށް އައްޔަންކުރައްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންއެވެ.
އިލެކްޝަން އިން ޕީއެންއެފް ޕާޓީ ރަޖިސްޓްރީ ކޮށްދެއްވާފައި ވަނީ މި މަހު 25 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް