އެއްވަރަށް ބަހަން ވަކާލާތު ކުރި ނަމަ ލިބޭނީ ލިބުނު ވަރަށްވުރެ ކުޑަކޮށް: ފަޔާ

ޗާގޮސް މައްސަލައިގާ ފުށޫ އަރާ ސަރަހައްދު އެއްވަރަށް ބަހަން ކަވާލާތު ކުރިނަމަ ލިބޭނީ ލިބުނު ވަރަށްވުރެވެސް ކުޑަކޮށް ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ. ފަޔާ މިހެ...

28 Apr 2023 | 18:25

ޗާގޮސް މައްސަލައިގާ ފުށޫ އަރާ ސަރަހައްދު އެއްވަރަށް ބަހަން ކަވާލާތު ކުރިނަމަ ލިބޭނީ ލިބުނު ވަރަށްވުރެވެސް ކުޑަކޮށް ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ.

ފަޔާ މިހެން ވިދާޅުވީ މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފަޔާ ވިދާޅުވީ ހަމަ ގަސްތުގައި މާ ބޮޑަށް އޮޅުވާލަން މަސައްކަތް ކުރަނީ ކަމަށާއި އެއްވެސް އިރެއްގައި ރާއްޖެއަށް 200 މޭލު ސަރަހައްދެއް ލިބިފައިނެތް ކަމަށެވެ. އަދި ކުރީގައި 12 މޭލާ ހަމައިން 24 މޭލާއި ހަމައިން ދާ އަޅަމުންދިޔަސް ކުރެވޭނެ ކަމެއް އޭރު ނެތްކަމަށާއި އެހެން ނަމަވެސް މިހާރު އިގްތިސާދީ ސަރަހައްދުގެ ހާއްސަ ބާރު ރާއްޖެއަށް ލިބިގެން ގޮސްފައިވާކަމަށެވެ. އަދި ތަނެއް ގެއްލިގެން އުޅެނީ ނޫން ކަމަށާއި ތަނެއް ލިބުނީ އަދި ކިރިޔާކަން ފަޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފަޔާ ވިދާޅުވީ ޗާގޮސް އާއި ރާއްޖެއާއި ދޭތެރޭގައި 400 މޭލު ނެތްކަން އެންމެންނަށްވެސް ސާފު ކަމަށާއި އެހެންނަމަވެސް ހަމަހަމައަށް ބަހަން ވަކާލާތު ކުރި ނަމަ ރާއްޖެއަށް ލިބުނު ބައި ކުޑަވީސް ކަމަށެވެ.

ފަޔާ މިހެން ވިދާޅުވެފައިވާއިރު މިއަދުގެ ޕްރެސްގައި ރައީސް ސޯލިހްވެސް އަދި ދައުލަތުގެ އެހެން ވަޒީފުންވެސް ފާހަގަކުރެއްވީ ރާއްޖެއިން ވަކާލާތު ކުރީ ހަމަހަމައަށް ބަހަން ނޫން ކަމަށެވެ. މޮރިޝަސް އަށްވުރެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދިޔައީ އެގޮތަށް ވަކާލާތު ކުރުމުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް