ހިޔާ ފްލެޓްތަކުގެ ކުލި 5300 އަށް ކުޑަކުރަން ނިންމައިފި

ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 5300 އަށް ކުޑަކުރަން ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވާކަން ސަރުކާރުގެ އިސް އޮފިޝަލަކު ދުވަހަށް ކަށަވަރު ކޮށްދެއެވެ. އެހ...

28 Apr 2023 | 16:08

ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 5300 އަށް ކުޑަކުރަން ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވާކަން ސަރުކާރުގެ އިސް އޮފިޝަލަކު ދުވަހަށް ކަށަވަރު ކޮށްދެއެވެ. އެހެން ނަމަވެސް މިކަން އަދި ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ރަސްމީ ސިފައެއްގައި އާބަންކޯއިން މިރޭ ބުނެފައިވަނީ ހިޔާފުލެޓުގެ ކުލި ކުޑަކުރުމުގެ މަޝްވަރާތަށް ، ރައީސް އޮފީހާއި ހައުސިންގ މިނިސްޓްރީ އަދި އަރބަންކޯ ގުޅިގެން ކުރިއަށް އެބަދާ ކަމަށާއި މިކަމުގެ ސަބަބުން ހެޔޮ ބަދަލެއް ހިޔާ ފުލެޓުގައި ދިރި އުޅުއްވާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ދުވަހަށް އެނގިފައިވާގޮތުގައި 5300 އަށް ކުލި ކުޑަކުރަން ނިންމީ މަޝްވަރާގެ މި ބައްދަލުވުމުގައެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި މިހާރު މަހަކު 7500 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާ ހިމެނޭހެން އެކުޖުމްލަ 8500 ރުފިޔާ ނަގަމުންދެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް