އިޓްލޮސްގެ ނިންމުން ބަލައިނުގަތުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ޗާގޮސް އައިލެންޑްސް އާއި ރާއްޖެއާއި ދެމެދުގެ އިން ކަނޑައެޅުމުގެ މައްސަލައިގާ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިއަދު ނިންމި ނިންމުން ރާއްޖެއިން ބަލައިނުގަތުމަށް ރައް...

28 Apr 2023 | 15:43

ޗާގޮސް އައިލެންޑްސް އާއި ރާއްޖެއާއި ދެމެދުގެ އިން ކަނޑައެޅުމުގެ މައްސަލައިގާ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިއަދު ނިންމި ނިންމުން ރާއްޖެއިން ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ މި މައްސަލައާއި ގުޅޭގޮތުން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޗާގޮސް އެޓޯލްތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މިހާރު ރާއްޖެއަށް ގެއްލިފައިވާކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިކަން ބަލައި ނުގަތުމަކީ ރާއްޖެއަށް ރަނގަޅުގޮތް" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedNasheed/status/1651970532865380353

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އިޓްލޮސްގެ މި ނިންމުމާއި ގުޅިގެން އިދިކޮޅުންނާއި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިޓްލޮސްއިން މިއަދު ނިންމީ ރާއްޖެއާއި ޗާގޮސްގެ އިގްތިސާދީ ހާއްސަ ސަރަހައްދު ކަނޑައަޅާ އިން ފާހަގަކުރުމުގައި ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސް އުސޫލުން ބެހުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް