ރައީސް ސޯލިހް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ. ރައީސް އޮފީހުން މީޑިއާތަކަށް ބުނެފައިވަނީ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނީ މިރޭ 09:00 ގައ...

28 Apr 2023 | 15:33

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މީޑިއާތަކަށް ބުނެފައިވަނީ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނީ މިރޭ 09:00 ގައި ކަމަށެވެ.

ރައީސް ނޫސްވެރިންނާއި ބައްދަލުކުރަން ނިންމާފައިވާއިރު މިއަދު ޗާގޮސް މައްސަލައިގާ ޗާގޮސް އައިލެންޑްސް އާއި ރާއްޖެއާއި ދެމެދު އިން، މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިވަނީ ކަނޑައަޅާފައެވެ.

އިޓްލޮސްގެ ނިންމުމާއެކު ސަރުކާރުން މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރާއިރު އިދިކޮޅުން އަންނަނީ މިކަމާއި ގުޅޭގޮތުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ބެލެވޭ ގޮތުގައި މިރޭ ބާއްވާ ނޫސްވެރިންގެ މި ބައްދަލުވުމުގައި މި މައުލޫގައި ރައީސް ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވާނެކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް