ޗާގޮސް މައްސަލައިގާ އިޓްލޮސް އިން މިއަދު ނިންމި ނިންމުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ވަޒީރުންގެ މަޖިލީހާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވެފައިވަނީ ޗާގޮސް މައްސަލައިގާ އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމި ނިންމުމާއި ގުޅިގެން ރައީސް ސޯލިހް ކެބިނެޓާއެއެކު ހާއްސަ ބައްދަލުވުމެއް ކުރިއަށް ގެންދެވި ކަމަށެވެ.
ރާއްޖެއާއި ޗާގޮސްގެ އިން އިޓްލޮސް އިން މިއަދު ކަނޑައަޅާފައިވާއިރު އިޓްލޮސް އިން ގޮތް ނިންމީ ރާއްޖެއާ އެއްކޮޅަށެވެ. މޮރިޝަސް އިން ހުށަހެޅި ހުށަހެޅުން ކާމިޔާބު ވެފައެއް ނުވެއެވެ.
އިޓްލޮސްގެ ނިންމުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ބުނަމުން އަންނައިރު އިދިކޮޅުން އަންނަނީ މިކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރެ، ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ވިއްކާލިކަމަށް ތުހުމަތުކޮށް ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް