އެސްޓީއޯގެ ހިއްސާއަކަށް 77 ރުފިޔާ ބަހަން ނިންމައިފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާގެ ފައިދާއަށް ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ. މިކަން ހާމަކޮށް އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ޑި...

28 Apr 2023 | 14:03

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާގެ ފައިދާއަށް ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

މިކަން ހާމަކޮށް އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ހިއްސާއަކަށް 77ރ. ބަހަން ކަމަށެވެ.

އަދި މި ނިންމުމަށް އަމަލު ކުރެވޭނީ އެ ކުންފުނިން އެންމެ އަވަހަށް ބާއްވާ އަހަރީ އާއްމު ޖަލްސާގައި އެގޮތަށް ފާސްކޮށްގެން ކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ.

އެސްޓީއޯގެ ވިޔަފާރި ފުޅާވަމުން އަންނައިރު ފާއިތުވި ފަސް އަހަރަށް ބެލިނަމަވެސް ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ލިބޭ މިންވަރު ވަނީ އިތުރުވެފަ އެވެ. މިގޮތުން އެސްޓީއޯ އިން ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ހިއްސާއަކަށް 65 ރުފިޔާ ބަހާފައެވެ. އަދި މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ފައިދާ އަށް އިތުރުވި 12 ރުފިޔާގެ ކުރި އެރުމެކެވެ.

މީގެ އިތުރުން އެސްޓީއޯ އިން ބުނީ މިދިޔަ އަހަރު އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައި ވާއިރު މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް