ރާއްޖެ – މޮރިޝަސް ކަނޑުގެ އިން ބެހުމުގެ މައްސަލައިގާ ދިވެހި ރާއްޖެއިން ވަކާލާތު ކުރި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފިއެވެ.
މިކަމުގައި މޮރިޝަސް އިން ވަކާލާތު ކުރަމުންދިޔައީ ހަމަ އެކަނި ހިކިދިޔަ ވަރުގައި ވަކި ދުވަސްވަރުތަކެއްގައި ހިކިފައި އޮންނަ ބްލެންހަމް ފަރުން ފެށިގެން މޮރިޝަސްގެ އިން އެޅުމަށެވެ. ރާއްޖެއިން ވަކާލާތު ކުރީ އެކަމާއި ދެކޮޅަށެވެ.
އެގޮތުން ރާއްޖެއިން އެކަން ސާބިތު ކުރުމަށް ސެޓަލައިޓް ފޮޓޯތަކާއި ސައިންޓިފިކް ހެކި ހުށަހެޅިއެވެ.
މި މައްސަލައިގާ އިޓްލޮސް އިން ނިންމީ މިފަދަ އެހެން މައްސަލަތުގައިވެސް އަމަލުކުރާ ބީދައިން އިކުއި ޑިސްޓެންސް (ދެބައި އެއްވަރަށް) އުސޫލުން ބަހާލާށެވެ.
މި މައްސަލައިގާ ހާއްސަ ޗެމްބަރުން މިއަދު ނިންމީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓްތައް ކަނޑައެޅުމަށް މޮރިޝަސް އިން ހުށަހެޅި އެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް