ޗާގޮސް މައްސަލައިގާ ގާސިމްވެސް އިޓްލޮސް އަށް ސިޓީފުޅެއް

ޗާގޮސް މައްސަލައިގާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ކަންބޮޑުވުން ފާޅުކޮށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީފުޅެއް ފޮނުވައިފިއެވެ. މިކަން ހާމަކޮށް މިއަ...

28 Apr 2023 | 07:01

ޗާގޮސް މައްސަލައިގާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ކަންބޮޑުވުން ފާޅުކޮށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީފުޅެއް ފޮނުވައިފިއެވެ.

މިކަން ހާމަކޮށް މިއަދު ގާސިމް ވިދާޅުވެފައިވަނީ ޗާގޯސްގެ މައްސަލައިގައި އިޓްލޮސްގައި މިއަދު ހުކުމް ކުރުމަށް ތައްޔާރުވަމުންދާ މައްސަލާގައި، ޖުމްހޫރީޕާޓީ އިން ކަންބޮޑުވާކަންކަން ބަޔާން ކޮށް އިޓޮލްސް އަށް މިއަދު  ފޮނުވި ސިޓީ އަކީ، ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ހާއްޞަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމާއި، އަދި ރައީސުލް ޖުމްހޫރިއްޔާ މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ޤައުމުގެ ޤާނޫނު އަސާސީގެ ތިން ވަނަ މާއްދާއާއި ފުށުއެރުންތަކެއް ހުރިކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީ،  މިމައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި އެމަނިކުފާނު ފޮނުއްވެވި ސިޓީފުޅެއް ކަމަށެވެ.

https://twitter.com/qasimibrahim/status/1651840285574569985

މި މައްސަލައިގާ ގާސިމް، އިޓްލޮސް އަށް ސިޓީފުޅެއް ފޮނުއްވާފައިވާއިރު ޕްރޮގްރެސިވް ކޯލީޝަނުންނާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިންވެސް އިޓްލޮސް އަށް ސިޓީ ފޮނުވާފައިވެއެވެ. އަދި މި މައްސަލައިގާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އިއްޔެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައިވެއެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދު ކަނޑައަޅާއިރު ފުށުއަރާ ސަރަހައްދު ދެ ގައުމަށް ބަހާލުމުގެ މައްސަލައިގާ މިއަދު އިޓްލޮސް އިން ގޮތް ނިންމާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް